ވަޒީފާގެ ފުރުޞަތު
ނަންބަރު: GS141/MIS /2016 /09
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 12 މޭ 2016 13:00
ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ ޢަރަބި)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ ޢަރަބި)

މަޤާމް ނަންބަރު:

މަސައްކަތް ހަމަޖެހިފައިވާ ތަން: ހިންމަފުށީ ސްކޫލް / ކ. ހިންމަފުށި

ބޭނުންވާ އަދަދު: 2 (ދޭއް)

މަޤާމުގެ މުއްދަތު: 3 މަސްދުވަސް

މަޤާމުގެ ޝަރުޠު: ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

މަޤާމް

ރޭންކް

ކުލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ރިލީފް ޓީޗަރ.

 

ސްކޫލް ޓީޗަރ

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވާ ރިލީފް ޓީޗަރ

މަހަކު -/4،500 ރުފިޔާ

މަހަކު -/1،000 ރުފިޔާ

މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ.

CS11-2

ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

މަހަކު -/7،070 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

CS11-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،450 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،840 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުގެ ޝަރުޠު ފުރިހަމަވުން.

މަހަކު -/8،250 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ.

CS13-2

ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ޑިގްރީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

 

މަހަކު -/8،440 ރުފިޔާ

 

މަހަކު -/2،500 ރުފިޔާ

CS13-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،360 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،850 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ސީނިއަރ ޓީޗަރ

CS15-2

ސްކޫލް ޓީޗަރ

- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ؛

- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަކުރުން.

މަހަކު -/9،910 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،100 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،320 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،640 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައި އޮންނަ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެމަތިން، ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް ދެވޭނެއެވެ.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން.

2- ލެސަންޕްލޭން ތައްޔާރުކުރުން.

3- ސްކީމް ތައްޔާރުކުރުން.

4- ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1- ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

2- ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

3- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށް ސުޕަވައިޒަރަށް ދެއްކުން.

4- ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން.

5- މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން.

6- ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން.

7- ކުދިންގެ ފޮތްތަކާއި ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން.

8- މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުއައްޒަފުގެ ފަންނީ ޤާބިލުކަމާއި ޢިލްމީ ޤާބިލްކަން ކުރިއެރުވުން.

9- ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން.

10- ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

11- ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި، އެތަކެތި އުފައްދައިގެން ބޭނުންކުރުން.

12- ކްލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުން ބޭރުގައި ހޭދަކުރާ ވަގުތުތަކުގައި އަޚްލާޤަށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން.

13- ލީޑިންގ ޓީޗަރުން އަންގަވާގޮތެއްގެ މަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކުކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން.

14- ކިޔަވައިދޭ ސެޝަންގެ ކްލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން.

15- މުއައްޒަފު ނިސްބަތްވާ ހައުސް/ކްލަބް/ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަންހުރި އެންމެމަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން.

16- ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި، ކުދިންގެ ކަންކަމުގައި ޒިންމާވެ، އެކުދިން އެކަނި ދޫކޮށްނުލުން.

17- ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ، އެކަމަށް ބާރު އެޅުން.

18- ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީއޮފް އެޑިއުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވައިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، 2016 މޭ 12  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:        

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު" (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި މި ފޯމު ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

3. މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

4. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުވާއިރު، އަސްލު ގެންނަންވާނެއެވެ.)

5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

6. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފެއްނަމަ، މަސައްކަތްކުރާ އޮފީހަކުން ދޫކުރާ "މުވައްޒަފުގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމު (މުއައްޒަފު މަސައްކަތްކުރާ އޮފީހުގެ މަޤާމަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

7. ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.

އިންޓަވިއުކުރުން:

1. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރުމަށްފަހުގައެވެ.

2. އިންޓަވިއުއަށް  ހޮވޭ  ފަރާތްތަކަށް  އިންޓަވިއު  ބޭއްވޭނެ  ތަނަކާއި، އިންޓަވިއު  ކުރުން  އޮންނަ  ތާރީޚާއި  ގަޑި،  އިންޓަވިއުއަށް  ހާޒިރުވެވޭނެ ވަގުތު އޮއްވައި މި ސްކޫލުން އަންގާނެއެވެ.

އެހެނިހެން މަޢުލޫމާތު:          

1. މި މަޤާމަށް ހޮވޭފަރާތަކީ، އުމުރުން 55 އަހަރުދުވަހުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.

2. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލްކުރެވޭނެއެވެ.

3. މި މަޤާމަށް މީހަކު ހޮވޭނީ، އިންޓަވިޔު ކުރުމަށްފަހުގައެވެ. މަޤާމަށްއެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމްތައް ބާޠިލްވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދަން ބޭނުންނަމަ، ހަދާނެގޮތް:     

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑިގައި 6640585 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 6640585 އެވެ.

25 ރަޖަބު 1437

02 މޭ 2016