ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2016/33
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2016
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 11 މޭ 2016 15:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮންޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް:

GS 4

މަޤާމުގެ ރޭންކް:

2 (ދޭއް)

ބޭނުންވާ އަދަދު:

ސުޕްރީމް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/5،020 ރުފިޔާ

އަސާސީ މުސާރަ:

މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސް -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %50 އާއި، ލިވިންގ އެލަވަންސް -/3،000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް.

މި މަޤާމަށް ލިބޭ އެލަވަންސް:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، GS 3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓްފިކެޓް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

 

އަސާސީ ޝަރުޠު:

1- ސުޕްރީމް ކޯޓުގެ ސަރވަރތަކާއި ނެޓްވޯކް ބެލެހެއްޓުން.

2- ސުޕްރީމް ކޯޓުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.

3- ކޯޓުގެ ކޮމްޕިއުޓަރ ނެޓްވޯކުގެ ސެކިއުރިޓީ ބެލެހެއްޓުން.

4- ކޯޓަށް ބޭނުންވާ ސޮފްޓްވެއަރތައް ދެނެގަނެ، ސުޕަވައިޒަރުގެ އިރުޝާދުގެމަތީން ސޮފްޓްވެއަރތައް ހޯދުމުގެ މަސަކަތްކުރުން.

5- ކޯޓުގައި ބޭނުންވާ ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.

6- ކޯޓުގެ ވެބްސައިޓް ފަރުމާކޮށް ބެލެހެއްޓުމާއި، ވެބްސައިޓަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަނެ، ސުޕަރވައިޒަރުގެ އިރުޝާދުގެމަތީން ވެބްސައިޓް އިޞްލާޙުކުރުން.

7- ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބަހައްޓާފައި ހުންނަ ރިކޯޑިންގ ސިސްޓަމް ބަލަހައްޓައި މެއިންޓެއިންކުރުން.

8- ކޯޓުގެ ޕީ. އޭ. ބީ. އެކްސް. ބެލެހެއްޓުން.

9- އިންފޮރމޭޝަން ޓެކްނޮލޮޖީއާ ގުޅޭގޮތުން ހޯދޭ ތަކެތީގެ ކޯޓޭޝަން ހޯދުން.

10. މަތީގައިވާ ކަންކަމުގެ އިތުރުން، ކޯޓުން އަންގާ، އައި.ޓީ. އާއި އިލެކްޓްރޯނިކް ކަންކަމާ ގުޅުންހުރި އެންމެހައި ކަންކަން ކުރުން.

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- މޯލްޑިވްސް  ކޮލިފިކޭޝަން  އޮތޯރިޓީން  އެކްރެޑިޓްކޮށް،  އަސްލާ  އެއްގޮތްކަމަށް  ތައްގަނޑު  ޖަހާފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މި ސެޓްފިކެޓްތަކާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް)

 

 

ހުށަހަޅަންޖެހޭ ތަކެތި:

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 މޭ 11 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން މި ކޯޓަށް ފޮނުވުން އެދެމެވެ.

ސުންގަޑި:

- މި މަޤާމަށް އިންޓަވިއުކުރުން އޮންނާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، 2016 މޭ 14 އިން ފެށިގެންނެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު:

1. މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

3. މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި މި ކޯޓުގެ ކައުންޓަރުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

 

 

އިތުރު މަޢުލޫމާތު:

26 ރަޖަބު 1437

03 މޭ 2016