ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/138/2016/45
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2016
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި:
12 މޭ 2016 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުރި ބަސްތަކެއް ނީލަން ކިޔުމާގުޅޭ
އިޢުލާން
ދިރާގު މައި އޮފީހުގެ ހުޅަނގުން އޮންނަ މާލޭ 403 ނަންބަރު ކޮށީގައި އެމް.ވީކޭ ކޮމްޕެނީގެ ފަރާތުން ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި މިދަންނަވާ ނަންބަރުތަކުގެ ވެހިކަލްތައް ނަގައި ނީލަންކިޔުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ.
- ބަސް (ރަޖިސްޓްރީ ނަންބަރު: AB2A/C1091)
- ބަސް (ރަޖިސްޓްރީ ނަންބަރު: AB2A/C1092)
- ބަސް (ރަޖިސްޓްރީ ނަންބަރު: AB2A/C1098)
- ބަސް (ރަޖިސްޓްރީ ނަންބަރު: AB2A/C1089)
ވީމާ، މިއިން އެއްވެސް އެއްޗެއްގެ މިލްކުވެރިކަމާމެދު ދައުވާކުރާ ފަރާތެއްވާނަމަ ނުވަތަ މިއިން އެއްޗަކީ ބޭންކުގައި ރަހުނުކުރެވިފައިވާ އެއްޗެއްކަމުގައިވާނަމަ އެކަން، 2016 މޭ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް އަންގަވައިދެއްވުން އެދެމެވެ. އަދި 2016 މޭ 12 ވަނަ ދުވަހުގެ 14:00 ގެ ފަހުން، މި ތަކެތި ނީލަމުގައި ވިއްކާލުމުން ރަހުނުކޮށްފައިވާ ފަރާތަށް ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މި މިނިސްޓްރީން ނުއުފުލާނެ ވާހަކަވެސް ދަންނަވަމެވެ.
02 މޭ 2016