ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)241-A/241/2016/24
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2016
ޕަބްލިޝްކުރި ގަޑި: 10:45
ސުންގަޑި: 12 މޭ 2016 14:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ލޯންޗް ޑްރައިވަރ (ކޮންޓްރެކްޓް އުސޫލުން)

މަޤާމް:

1 (އެކެއް)

ބޭނުންވާ އަދަދު:

SS3  މަޤާމުގެ ރޭންކް:
ސަޕޯޓް ސްޓާފް ގްރޭޑް 2  މަޤާމުގެ ކްލެސިފިކޭޝަން:
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ވަޒީފާ އަދާކުރަންޖެހޭ ތަން:
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، އެސް އެސް/ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން. ނުވަތަ؛

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 2 ގެ ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރެއްގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައި ވުން، ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުމާއެކު، ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް (22 މީހުންގެ ޖާގައިގެ ލޯންޗް ދުއްވުމުގެ ލައިސަންސް) ލިބިފައިވުން.

 

 

 

މަޤާމުގެ ޝަރުޠު:

1. އަތޮޅު ކައުންސިލް އިދާރާގެ އުޅަނދުފަހަރުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުމުގައި ކެޕްޓަން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުން.

2. އަތޮޅު ކައުންސިލްގެ އިދާރާގެ ކަނޑުއުޅަނދުފަހަރު ދުއްވާއިރުގައްޔާއި ފަޅުގައި އޮންނައިރު، އެއަށް ގެއްލުމެއް ލިބިދާނޭ އެންމެހައި ކަންކަމުން ރައްކާތެރިކޮށް، އުޅަނދުފަހަރު ބެލެހެއްޓުމުގެ އެންމެހައި ކަންތައްތައް، އިންތިޒާމްކޮށް ހިންގުން.

3. ކަނޑުއުޅަދުފަހަރުގެ އިންވެންޓްރީގައި ހިމެނޭ ތަކެތި ރަނގަޅަށް ބަލަހައްޓައި، ހަލާކުވާ ތަކެތި މަރާމާތުކުރުމަށް، އިދާރާގެ ކަމާބެހޭ ވެރިންނާއި މުވައްޒަފުންނާ ވާހަކަދައްކައި، އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެދަށުން އެކަން ހިންގުން.

4. ދަތުރުނުކުރާ ބަންދުނޫން ދުވަސްތަކާއި ގަޑިތަކުގައި، އިދާރާއިން އަންގާ ގޮތެއްގެ މަތިން، ރަސްމީގަޑީގައި، އިދާރާގެ މަސައްކަތްތަކުގައި ބައިވެރިވުން.

5. އަތޮޅު ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވާގޮތަށް ކުރެވޭ އެންމެހައި ކަންތައްތަކުގައި ބައިވެރިވެ، ޒިންމާދާރުވެރިޔާގެ އިރުޝާދުގެމަތިން، ރަސްމީ ކަންކަމުގައި ހަރަކާތްތެރިވުން.

6. ކަނޑު އުޅަނދުފަހަރުގެ ދަތުރެއް ކުރަން ޖެހުމުން، ދަތުރާބެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ފަޅުވެރިންގެ އިސްމީހެއްގެގޮތުގައި މަސައްކަތްކުރުން.

 

 

 

 

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މުސާރަޔަށް މަހަކު -/3875 ރުފިޔާ، ސަރވިސް އެލަވަންސަށް މަހަކު -/1000 ރުފިޔާއާއި، ދަތުރު އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

- ވަޒީފާއަށް އެދޭ ފޯމު

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރައްވާފައިވާ ކޮޕީގެ، ސަރުކާރުގެ އޮފީހަކުން އެޓެސްޓްކޮއްފައިވާ ކޮޕީގެ އަސްލު.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވާޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީގެ އަސްލު.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ ނުވަތަ ސިޓީ)

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

ސުންގަޑި:

- މި މަޤާމަށް މީހަކު ހޮވުމުގެ ކަންތައްތައް ކުރިޔަށްގެންދެވޭނީ، ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށެވެ.

- މި މަޤާމަށް ހޮވޭ މީހާއަކީ މަސައްކަތަށް ރަނގަޅު މީހެއްކަމަށް ފެންނަނަމަ، އޭނާގެ މަޤާމް ދާއިމީކުރުމަށް ހުށަހެޅޭނެއެވެ.

- މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6820028 ނަންބަރު ފޯނަށެވެ. ގުޅާނީ، ރަސްމީ ގަޑީގައެވެ.

 

އިތުރު މަޢުލޫމާތު:

25 ރަޖަބު 1437

02 މޭ 2016