މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2016/83
ޕަބްލިޝްކުރި ތާރީޚް: 03 މޭ 2016
ޕަބްލިޝްކުރި ގަޑި: 07:49
ސުންގަޑި: 10 މޭ 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ވިލިމާލެ ޕޮލިސް ސްޓޭޝަން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސަރވިސްގެ ވިލިމާލެ ޕޮލިސް ސްޓޭޝަން ފޮޅައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 މޭ 03 ވާ އަންގާރަ ދުވަހުން ފެށިގެން 2016 މޭ 10 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100 (އެއްސަތޭކަަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 11 ވާ ބުދަދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 މޭ 17 ވާ އަންގާރަ ދުވަހުގެ 11:30 މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަށްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބަލައިގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

03 މޭ 2016