ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމާ ބެހޭ:
މި ސްކޫލް ޢިމާރާތްތަކުގެ ދިޔަދޮވިތައް ބާވެ، ހަލާކުވެފައިވާތީ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS53/IUL/2015/15 (28 މޭ 2015)، GS53/IUL/2015/16 (11 ޖޫން 2015)، GS53/IUL/2015/17 (17 ޖޫން 2015)، GS53/IUL/2015/27 (13 އޮކްޓޫބަރު 2015) އިޢުލާނުން މި މަސައްކަތްކުރެވިފައި ނުވާތީ، އަލުން އެ ފުރުޞަތު ހުޅުވާލުމަށްޓަކައި 5 ވަނަ ފަހަރަށް އިޢުލާނު ކުރީމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮތްވާއި، ނަލަފިލާ ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު ނަންބަރ: 18/2014 ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ) ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 09 ވާ ހޯމަ ދުވަހުގެ 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
20 ރަޖަބު 1437