މަސައްކަތް
ނަންބަރު: GS-92/IUL/09/2016
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:29
ސުންގަޑި: 09 މޭ 2016 11:00
ނައިވާދޫ ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކްލާސްރޫމާއި ގުދަނެއް ޢިމާރާތްކުރުމާ ބެހޭ:

މި ސްކޫލުގައި އަޅަން ފަށާފައިވާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-92/IUL/2016/08 (21 އެޕްރީލް 2016) އިޢުލާން ބާޠިލުކޮށް، މި ސްކޫލުގައި ޢިމާރާތްކުރަން ފަށާފައިވާ ކުލާސްރޫމްގެ ނުނިމިހުރި މަސައްކަތާއި އެ ކްލާސްރޫމާ ގުޅުވައިގެން އިތުރު ކުލާސްރޫމެއްގެ އިތުރުން ގުދަނެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016