މަސައްކަތް
ނަންބަރު: (IUL)225-AHRI/225/2016/11
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:24
ސުންގަޑި: 09 މޭ 2016 14:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެޓްފިކެޓް 3 އިން އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދުމަށް

އިޢުލާނު

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް ގުޅިގެން މި އަތޮޅުގައި ސެޓުފިކެޓު 3 އިން އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދެއްވުމަށް ޝައުޤުވެރިވާ ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ.

ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތައް:

Contact Hours

Module Name

No

30 hours

Introduction, Fundamentals of Administration  and General Officer Procedure

1

30 hours

English Language Proficiency

2

30 hours

Office Dhivehi

3

30 hours

Computer Proficiency

4

30 hours

Customer Service, Communication and Telephone Skills

5

30 hours

Individual excellence: Secrets of Career Success

Stress Management

Conflict Resolution

Time Management Skills

Team Building

 

 

6

ޓްރެއިނަރުން ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް 

  • ތަޢުލީމު (ކިޔަވައިދެއްވަން ހުށަހަޅުއްވާ މޮޑިއުލްއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން)
  • ކިޔަވައިދިނުމުގެ ތަޖުރިބާ
  • މަސައްކަތު ތަޖުރިބާ

ސެޓުފިކެޓު 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފުތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ. އަދި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ އަދި ހއ. އިހަވަންދޫ ގައެވެ.

ކޯހުގައި ކިޔަވައިދޭ މޮޑިއުލްތަކަށް ބޭނުންވާ މެޓީރިއަލް ފޯރުކޮށްދެވޭނެއެވެ. އެހެންނަމަވެސް އެސެސްމަންޓް ޕޭޕަރ ތައްޔާރުކުރުމާއި، އެ ޕޭޕަރުތައް މާރކުކުރެއްވުމަކީ ކިޔަވައިދެއްވާ ލެކްޗަރަރގެ ޒިންމާއެކެވެ.

މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މޮޑިއުލްތަކުގެ ކޮންމެ ގަޑިއަކަށް -/250 ( ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ. އަދި ތައްޔާރުކޮށް މާރކުކުރައްވާ ކޮންމެ ޕޭޕަރަކަށް -/15 (ފަނަރަ) ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިކަމަށް އެދި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 20 ރަޖަބު 1437

27 އޭޕްރިލް 2016