މަސައްކަތް
ނަންބަރު: (IUL)426-AB/426/2016/84
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:14
ސުންގަޑި: 05 މޭ 2016 11:15
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެބްސައިޓް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އައްޑޫސިޓީ ކައުންސިލު އިދާރާގެ ވެބްސައިޓް ޑިވެލޮޕްކުރުން:

އައްޑޫސިޓީ ކައުންސިލު އިދާރާގެ ވެބްސައިޓް ޑިވެލޮޕްކުރުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)426-AB/426/2016/65 އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރީމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 11:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 22 ވާ އާދީއްތަ ދުވަހުގެ 11:15 އަށް މި އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.          

މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަން ބަލައިގަތުން އޮންނާނީ މި އިދާރާގެ ކޮންފަރެންސް ހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯސަލް ބަލައިގަތުމަން ހަމަޖެހިފައިވާ ގަޑިއަށް، މި އިދާރާގެ ކޮންފަރެންސް ހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016