މަސައްކަތް
ނަންބަރު: IAS/MIS/2016/804
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 19:05
ސުންގަޑި: 09 މޭ 2016 13:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ބޭސްގެ ހެންގަރުގެ މައިދޮރު ހަދައި، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ ފަރާތުން އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުގައި ހިންގާ ސީ ޕްލޭން ބޭސްގެ ހެންގަރުގެ މައިދޮރު ހަދައި، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: IAS/MIS/2016/671 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 މޭ 9 ވާ ހޯމަ ދުވަހުގެ 13:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ، (މަޖީދީ މަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާންކުރެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 މޭ 16 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާންކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016