މަސައްކަތް
ނަންބަރު: 405-A/2016/25
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:55
ސުންގަޑި: 04 މޭ 2016 11:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތްރީފޭސް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް އަމިއްލަ ތަކެތީގައި ތްރީފޭސް ކޭބަލް އަޅައި ކަރަންޓުލުމާ ބެހޭ:

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގައި އަމިއްލަ ތަކެތީގައި ތްރީފޭސް ކޭބަލް އަޅައި، ކަރަންޓުލުމަށްޓަކައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 4 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 08 އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީހިސާބު ދޫކުރެވޭނީ -/100 (އެއްސަތޭކަ) ރުފިޔާއަށެވެ.

މިހެންވެ އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20 ރަޖަބު 1437

27 އޭޕްރިލް 2016