ކުއްޔަށް ދިނުން
ނަންބަރު: 405-A/2016/22
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:33
ސުންގަޑި: 12 މޭ 2016 13:00
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަހުގެ މަސައްކަތްކުރުމަށް ބަނދަރު ސަރަޙައްދުން ބިން ދޫކުރުން

އިޢުލާން

މަހުގެ މަސައްކަތް ކުރުމަށް ބަނދަރު ސަރަޙައްދުން ބިން ދޫކުރުން

މަސްކައްކައި ހިއްކުމުގެ މަސައްކަތް ކުރުމަށް ބަނދަރު ސަރަޙައްދުން ބިން 1،2 ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

* މަޢުލޫމާތު ސާފުކުރުން: 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް

* އަންދާސީހިސާބު ހުށަހެޅުން: 2016 މޭ 19 ވާ ހޯމަ ދުވަހުގެ 13:00 އަށް

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016