ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)318-PRO/318/2016/28
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 05 މޭ 2016 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ހޯދުމަށް ބޭނުންވެއްޖެ

ދަރަވަންދޫ ކައުންސިލަށް ޕިކަޕެއް ހޯދަން ބޭނުންވެއްޖެ

މި އިދާރާގެ ނަންބަރު: (IUL)318-PRO/318/2016/20 އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާނު ބާޠިލުކޮށް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން ދަރަވަންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް 1.5 ޓަނުގެ ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުން

2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 11:00

އަންދާސީހިސާބު ހުށަހެޅުއްވުން

2016 މޭ 16 ވާ ހޯމަ ދުވަހުގެ 13:00

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ، އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާ ގުޅުއްވުން އެދެމެވެ.

 

 

27 އޭޕްރިލް 2016