ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: IAS/MIS/2016/807
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 18:10
ސުންގަޑި: 09 މޭ 2016 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
29 ސީޓުގެ ކެޕޭސިޓީ ހުރި ބަހަކާއި 1250 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަތުމަށް

އިޢުލާން

އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން އޮޕަރޭޝަންގައި ބޭނުން ކުރުމަށް 29 ސީޓުގެ ކެޕޭސިޓީ ހުރި ބަހަކާއި 1250 ޓަނުގެ ބަރުދަން އުފުލޭ ޕިކަޕެއް ގަތުމަށް ކުރެވުނު އިޢުލާން ނަންބަރު: IAS/MIS/2016/087އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 މޭ 9 ވާ ހޯމަ ދުވަހުގެ 14:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 މޭ 16 ވާ ހޯމަ ދުވަހުގެ 14:00 ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016