ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/126
ޕަބްލިޝްކުރި ތާރީޚް: 28 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 16:01
ސުންގަޑި: 05 މޭ 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިޔަރ އެޑްމިނިސްޓްރޭތިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  1. އެމް.ކިޔޫ.އޭ ލެވެލްގެ 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 5 ގެ ސަރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޙަވާލުކުރެވޭ ތާވަލެއްގައިވާ ގޮތުގެ މަތިން އޮފީސް ހުޅުވައި ލެއްޕުން.
  2. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގައި ހަމަޖެހިފައިވާ އުސޫލުން އެންޓްރީ ނަގައި ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންދިޔުން.
  3. މުވައްޒަފުންނަށް ވަޒީފާ ދިނުމާއި/ ބަދަލު ކުރުމާއި/ ވަކި ކުރުމުގެ ކަންތައް ޤައުމީ ޔުނިވާރސިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރުން.
  4. ފެކަލްޓީ/ ސެންޓަރ/ ކެމްޕަސްތަކުގެ ރަޖިސްޓަރީތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ހުސްވާ މަޤާމުތަކަށް އިޢުލާންކޮށް އެ މަޤާމުތަކުގެ އިންޓަރވިއުގެ ކަންތައްތައް ޕްރޮސީޖާ މެނުއަލްގައިވާ ގޮތަށް ކުރުން.
  6. ބިދޭސީ މުވައްޒަފުންގެ މާލެ އައުމުގެ އެންމެހައި ކަންތައްތައް ހަމަޖައްސައި، ގަވާއިދުން އެ މީހުންގެ ވާރކް ވިސާ ކާޑު އަދި ވިސާ ފީ ދެއްކުމަށް ކަމާބެހޭ ފަރާތްތަކަށް ހުށައެޅުން.
  7. މުވައްޒަފުންގެ ވަޒިފާއާ ގުޅިގެން ސެކްޝަނަށް ލިބޭ ސިޓީތަކުގެ ތެރެއިން ޖަވާބުދޭން ޖެހޭ ސިޓީއެއް ހުރިނަމަ ވެރިޔެއްގެ މަޝްވަރާގެ މަތިން ކަމާ ބެހޭ ފަރާތަކަށް 3 ދުވަހުގެ ތެރޭގައި ވަގުތީ ޖަވާބެއް ނަމަވެސް ދިނުން.
  8. މުސާރަ ދިނުމަށް ސެޕް ސިސްޓަމަށް ވަޒީފާ ދެއްވާ މުވައްޒަފުންނާއި، ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު އަޅުން.
  9. ވަޒީފާ ބަޔާންތައް ތައްޔާރުކޮށް، ކަމާބެހޭ މުވައްޒަފު ލައްވައި ސޮއި ކުރުވައި ވަޒީފާގެ ޗިޓުތައް ކަމާބެހޭ ސެކްޝަންތަކަށް ޙަވާލުކޮށް އެ ޗިޓުތައް ފައިލުކޮށް ބެލެހެއްޓުން.
  10. އަލަށް ލައްވާ މުވައްޒަފުން ހިޔުމަން ރިސޯސް ސިސްޓަމަށް އެންޓަރކޮށް އެ މުވައްޒަފުންގެ ކާޑު ހަދައިދިނުން.
  11. މުވައްޒަފުންގެ މަޢުލޫމާތު ފައިލު އަޕްޑޭޓްކޮށް ޕްރޮބޭޝަން ފޯމުތައް ފުރުވުން.
  12. ގަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަން ދިނުމާއި ސަލާމްބުނާ މުވައްޒަފެއް/ އަހަރީ ޗުއްޓީގައި ހުންނަ މުވައްޒަފެއްގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަމްބަރު ފޯނާއެވެ.

 

28 އެޕްރީލް 2016