ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 032
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 08 މޭ 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމް: ލެބޯޓްރީ ޓެކްނޮލޮޖިސްޓް

މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ލެބޯޓްރީގައި ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި ނަތީޖާ ރަނގަޅުތޯ ޗެކްކޮށް ކޮލިޓީ ކޮންޓްރޯލް ހިފެހެއްޓުމާއެކު ރިކޯޑު ބެލެހެއްޓުން

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލް

- މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސްގައި ރަޖިސްޓަރީވެފައިވުން

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 2016 މޭ 08 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސީވީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުން ވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމާއި، ތަޢުލީމީ ސެޓުފިކެޓުތައް ބަލައެއްނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 އޭޕްރިލް 2016