ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 447-HR/1/2016/4
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 10 މޭ 2016 14:00
ޕަބްލިކް ވަރކްސް ސަރވިސަސް
ދިވެހިރާއްޖެ
ހެވީ ލޯޑް ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް:

ހެވީ ލޯޑް ޑްރައިވަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒިފާ އަދާކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް:

ރ. ދުވާފަރު

މަޤާމުގެ ގިންތި:

ވަގުތީ (1 އަހަރުދުވަހުގެ ކޮންޓްރެކްޓް)

މުސާރައާއި ޢިނާޔަތްތައް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/450 ރުފިޔާ

މަޤާމުގެ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރޮޖެކްޓް ސައިޓް މަސައްކަތުގައި ބޭނުންކުރާ ހެވީލޯޑް ވެހިކަލްތައް އޮޕަރޭޓްކޮށް، ޝެޑިއުލާ އެއްގޮތަށް މަސައްކަތް ނިންމުން.
  2. ޕްރޮޖެކްޓް ސައިޓުގައި ގެންގުޅޭ ވެހިކަލްތައް ދުއްވުމާއި، ކުރަންޖެހޭ މަސައްކަތްކުރުމާއި، ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  3. ޕްރޮޖެކްޓް ސައިޓުގައި ގެންގުޅޭ ވެހިކަލްތައް، ކަނޑައެޅިފައިވާ ޝެޑިއުލްތަކާ އެއްގޮތްވާގޮތުގެމަތިން ސަރވިސްކޮށް ބެލެހެއްޓުން.
  4. ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް، ހަވާލުވެ ހުންނަ ވެރިއެއްގެ ލަފާގެމަތިން ކުރުން.
  5. ވެހިކަލްތަކަށް މުދާ އަރުވައި ބޭލުމާއި، ހަވާލުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
  6. ޕްރޮޖެކްޓް ސައިޓުގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުން.
  7. މަސައްކަތްކުރާ ވަގުތުގައްޔާއި، މަސައްކަތް ހިނގަމުންދާ ސައިޓުގައި ހޭދަކުރާ ވަގުތުތަކުގައި، ތިމާއަށާއި އެހެނިހެން މުވައްޒަފުންގެ ސަލާމަތަށް ބަލައިގެން އަދި މި ސަރވިސަސްގެ މުދަލާއި ތަނަށް ގެއްލުމެއް ނުވާނެގޮތުގެމަތިން ސަމާލުވެގެން މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

5. މާލިއްޔަތު ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚާއި ތަން:

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 14:00 އެވެ. ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުންނެވެ. އަދި މެއިލް ކުރާނީ މި ސަރވިސަސްގެ އީމެއިލް [email protected] އަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ލިބެންހުންނާނީ، ރ. ރަސްމާދޫ ކައުންސިލް އިދާރާއިންނާއި ޕަބްލިކް ވަރކްސް ސަރވިސަސް މާލޭ އޮފީހުން. 

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސަރވިސަސްގެ 3323537 ނަންބަރު ފޯނަށް ނުވަތަ 3020815 ނަންބަރު ފޯނަށް، ރަސްމީގަޑީގައި ގުޅުން އެދެމެވެ.

21 ރަޖަބު 1437 

 

28 އޭޕްރިލް 2016