ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 4 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2 |
މުސާރަ: |
މަހަކު -/5020 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ |
ވަޒީފާ އޮތް އޮފީސް: |
މަރަދޫ ސްކޫލް / ސ. މަރަދޫ |
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: |
އެކެޑަމިކް ސެކްޝަން، މަރަދޫ ސްކޫލް |
އެހެނިހެން ޢިނާޔަތް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ކޮމްޕިއުޓަރ ނެޓްވޯރކް ރަނގަޅަށް ބެލުމާއި، ދިމާވާ އެންމެހައި މައްސަލަތައް ޙައްލުކުރުން. - ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސްކޫލުގެ ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ރަނގަޅަށް ބެލެހެއްޓުން. - ސްކޫލުގެ ކޮމްޕިއުޓަރާއި، ޕްރިންޓަރާއި، ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން. - ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން.
|
މަޤާމުގެ ޝަރުޠު: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނޯޓް: މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައްކަމުގައި ބަލާނީ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެވެ. |
ވަޒިފާއަށް ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: |
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު. - މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް. |
އިންޓަވިއު ކުރުން: |
- އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ، އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފްތާގެ ތެރޭގައި މަރަދޫ ސްކޫލުގައެވެ. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ. |
ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން، 2016 މޭ 11 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މަރަދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
ނޯޓް: |
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6890941 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
20 ރަޖަބު 1437