މަސައްކަތް
ނަންބަރު: (IUL)160-A/1/2016/62
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:23
ސުންގަޑި: 09 މޭ 2016 09:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ހުޅުމާލެ ގޮފި ހިންގާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ހުޅުމާލޭ ގޮފި ހިންގާނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ ހުޅުމާލޭގައި ހުރި ގޮފި ހިންގާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: (IUL)160-A/1/2016/52 (07 އޭޕްރީލް 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާ ރަނގަޅު ހުށަހެޅުމެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، މި މަރުކަޒުގެ ހުޅުމާލެ ގޮފި މި މަރުކަޒުން ހުށަހަޅާގޮތަށް ހިންގުމަށް ޝަރުޢުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ ހެނދުނު 9:30 އަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ހާޒިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 މޭ 16 ވާ ހޯމަ ދުވަހުގެ 9:30 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

21   ރަޖަބު  1437

28 އޭޕްރިލް 2016