މަސައްކަތް
ނަންބަރު: (IUL)459-A/1/2016/49
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 08 މޭ 2016 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ފިޔަވަތި ހިޔާއަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމާއި މެއިންޓަނަންސްގެ މަސައްކަތްކޮށް ދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތި ހިޔާއަށް ތިރީގައި މި ދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ފިޔަވަތި ހިޔާއަށް، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކާބޯތަކެއްޗާއި ކުދިންނަށް ބޭނުންވާނެ އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
  • ފިޔަވަތި ހިޔާގެ މެއިންޓަނަންސް މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުން

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 8 ވާ ބުދަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 15 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ކާބޯތަކެޗާއި ކުދިންނަށް ބޭނުންވާނެ އެހެނިހެން ސާމާނު ސަޕްލައިކުރުމަށާއި މެއިންޓަނަންސްގެ މަސައްކަތް ކުރުމަށް އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭނީ ވަކިންނެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016