މަސައްކަތް
ނަންބަރު: 188-FM/IUL/2016/41
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 03 މޭ 2016 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އަހަރީ ކޮންފަރެންސަށް ކެއުމާއި ސައި ކޮފީ އަދި ފެން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަސައްކަތުގެ ތަފުސީލު

2016 މޭ 11-12 މި ދުވަސްތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސިވިލް ސަރވިސްގެ އަހަރީ ކޮންފަރެންސަށް ކެއުމާއި ސައި ކޮފީ އަދި ފެން ހަމަޖައްސައި ދިނުން:

  • ބައިވެރީންގެ އަދަދު: 130
  • ހެދުނު ސައި (ރިފްރެޝަމަންޓް)، މެންދުރު ކެއުން، ހަވީރު ސައި، ބައްދަލުވުން ހިނގަމުންދާ ހުރިހާ ގަޑިތަކެއްގައި ފެނާއި ކޮފީ

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 3 ވާ އަންގާރަ ދުވަހު 14:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 4 ވާ ބުދަ ދުވަހު 14:00 ގައި ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ނުދެވޭނެއެވެ.

27 އޭޕްރިލް 2016