ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2016/42
ޕަބްލިޝްކުރި ތާރީޚް: 27 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 10 މޭ 2016 12:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

މަގާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ މުއްދަތު

15 އޮގަސްޓު 2016 ގެ ނިޔަލަށް

ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

 GS3

ސަރވިސް

ޖެނެރަލް ސަރވިސް

ސެކްޝަން

ޖެނެރަލް އެޑްމިނިސްޓްރޭޝަން

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ ޢަދަދު

01

ތަޢްލީމާއި ތަޖްރިބާ

1- ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަގާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  • ފައިލަށް ދޫކުރަންޖެހޭ ލިޔެކިއުންތައް ފައިލަށް ދޫކުރުމާއި، ފައިލުކުރަންޖެހޭ ލިޔުންތައް ފައިލުކުރުން.
  • ލިޔެކިއުން ރައްކާކޮށްފައިވާ ގުދަންތަކުގައި ހުންނަ ފައިލުތައް ޗެކުކޮށް ބެލެހެއްޓުން.
  • ހަމަޖެހިފައިވާ އުސޫލުން ރިސެޕްޝަން ބެލެހެއްޓުން.
  • އެކި ފަރާތްތަކުން މިނިސްޓްރީއަށް އަންނަ ސިޓީ/ ނޯޓު ފަދަ ލިއުންތަކަށް ޖަވާބު ލިޔެ ތައްޔާރުކުރުމާއި، އެފަރާތްތަކަށް ފޮނުވުން. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

2016 މޭ 10 ވާ އަންގާރަ ދުވަހުގެ ދުވަހު 12.00 ގެ ކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/ އަމީރުއަޙްމަދު މަގު) އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކުރަންޖެހޭ ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަގޮތަށް އޮތް، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

4- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).

5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒު ނުކުރާކަމުގެ ސިޓީ.

ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ

- މަސައްކަތުގެ އަޚްލާޤު

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ގާބިލުކަމާއި ސިފަތައް.

- ސައިންސްގެ ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތައް

އިންޓަވިއު ކުރުން

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 2016 މޭ 12 ވަނަ ދުވަހުން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓު: މި ވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

މި މަގާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ.

 20 ރަޖަބު  1437

27 އޭޕްރިލް 2016