ދިވެހިރާއްޖެ
އިޢުލާން
އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ބޯޓުތަކުން ގެންދާ މުދާ ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި ކުންފުނީގެ އިޢުލާން. 60-ADM/2016/104 ބާޠިލުކުރަމެވެ. އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ބޯޓުތަކުން ބޭލުމާއި، ފިހާރައިގެ ގުދަނުގައި ނުވަތަ ފިހާރައިން އަންގާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ބާވަތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 މޭ 04 ވާ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަން ކަރުދާސް ދޫކުރާނީ 2016 މޭ 04 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 މޭ 05 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 މޭ 09 ވާ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 މޭ 11 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 މޭ 16 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ލ.ފޮނަދޫ ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344371 ,3344321
ފެކުސް: 3344633
އީމެއިލް: [email protected]
20 ރަޖަބު 1437