ތިރީގައި މިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެ.
|
މަޤާމު
|
މަސައްކަތު
|
ރޭންކް
|
އެސް. އެސް. 1
|
ކްލެސިފިކޭޝަން
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ބޭނުންވާ އަދަދު
|
ސ. ހިތަދޫ 02
ސ. ފޭދޫ 02
ސ. ހުޅުމީދޫ 02
|
ވަޒީފާ އަދާ ކުރަންޖެހޭ ސެކްޝަން / އޮފީހާއި، ރަށް
|
ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް / ސ. ހިތަދޫ، ސ. ފޭދޫ އަދި ސ. ހުޅުމީދޫ
|
މުސާރައާއި އިނާޔަތްތައް
|
މުސާރަ: -/3100ރ
ސަރވިސް އެލަވަންސް: -/1000ރ
(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.)
|
ޝަރުޠު
|
ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތާރު އަދި ގައު އަޅާފައިވާ މަގުތައް ފޮހެ ސާފުކުރުން.
- ބަނދަރުމަތީ ކުނި ނަގައި ވިނަ ނޮޅައި ސާފުކުރުން.
- ބޯޅަ ދަނޑުތަކާއި ކުޅިވަރު ކުޅޭ ބިންތަކާއި ޕާކްފަދަ ތަންތަން ވިނަ ދިގުވިޔަނުދީ ކޮށައި ސާފުކުރުން.
- މަގަށް ދަތިވާގޮތަށް ހުންނަ ގަސްތައް ކަނޑައި ސާފުކުރުން.
- މަގަށް ދަތިވާގޮތަށް ވެއްޓޭ ރުއްގަސް ނެގުވުމާއި މަގު ސާފުކުރުން.
- އޮފީހުން ބަލަހައްޓަންޖެހޭ މަގުތަކުގެ ވިނަ ނޮޅައި ސާފުކުރުން.
- ޤުދުރަތި ހާދިސާއެއް މެދުވެރިވެގެން ދިމާވާ ކަންތައްތަކުގައި އަވަށު އޮފީހުން އަންގާ އެންގުންތަކަށް އިޖާބަދީ އެވަގުތު ކުރަންޖެހޭ ކަންކަން ކުރުން.
- މީގެ އިތުރަށްވެސް މަސައްކަތާ ގުޅޭގޮތުން އޮފީހުން އަންގާ މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް (ސ.ހިތަދޫ) އަދި (ސ. ހުޅުމީދޫ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2016 މޭ – ޖޫން މަހުގެ ތާރީޚެއްގައެވެ.
- މާލޭގައިނަމަ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގައެވެ.
- އައްޑޫ ސިޓީގައިނަމަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސް ޑިޕާޓްމަންޓް (ސ. ހިތަދޫ) އަދި (ސ. ހުޅުމީދޫ) ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުރިހަމަކުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ ގޮތަށް އޮތް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3004340 ނުވަތަ 3004343 ފޯނަށް ގުޅުއްވުން އެދެމެވެ.
|
21 ރަޖަބު 1437
|