ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ކޮންސަލްޓަންޓް އިން މެޑިސިން
ޑިޕާޓްމަންޓް: މެޑިކަލް
މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ހުޅުމާލޭ ހޮސްޕިޓަލަށް ފަރުވާއަށް އަންނަ ބަލިމީހުންނަށް ފަރުވާކުރުން.
މަޤާމުގެ ޝަރުޠު:
- މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 3 އަހަރުދުވަހަށްވުރެ ކުރުނޫން ނުވަތަ 4 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް، ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ؛
- މެޑިކަލް އޮފިސަރެއްގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 2 އަހަރުދުވަހަށްވުރެ ކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީ އާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.
ވަޒީފާގެ ޒިންމާތައް:
- އެތެރެހަށީގެ ބަލިތަކާ ބެހޭގޮތުން އޮޅުންފިލުވައި އެގްޒެމިންކޮށް އެކަށީގެންވާ ހާލަތްތަކުގައި ލެބޯޓްރީ ޓެސްޓްކުރުމަށްފަހު، ބަލި ޑައިގްނޯސްކޮށް، ރާއްޖެއިން ލިބެންހުރި ފަރުވާތަކުގެ އަލީގައި ބަލިމީހާއަށް އިރުޝާދުދިނުން.
- އެތެރެހަށީގެ ބަލިތައް ޑައިގްނޯސްކޮށް ފަރުވާދިނުމަށް ޖޫނިއަރ ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި ސުޕަވައިޒްކުރުން.
- ބަލިމީހުންނަށް ފަރުވާދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭއިން ހައްދަވާފައިވާ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.
- ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ޕްރޮގްރާމްތައް ހިންގުން.
- މެޑިކަލް ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުން.
މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން
ކުރިމަތިލުމުގެ ސުންގަޑި: 2016 ޖުލައި 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމ، [email protected] އަށް ފޮނުވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ފޯމު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރުމަށް:
http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf
http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf
މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.
ޚާއްޞަ ސަމާލުކަމަށް: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލް ކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.
އިންޓަވިއު: އަދަދު ގިނަ ނަމަ، އިންޓަވިއު ކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
21 ރަޖަބު 1437