ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2016 | 029
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 31 ޖުލައި 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އީ.އެން.ޓީ ސްޕެޝަލިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އީ.އެން.ޓީ ސްޕެޝަލިސްޓް

ޑިޕާޓްމަންޓް: މެޑިކަލް

މަޤާމުގައި ކުރަންޖެހޭ މަސައްކަތުގެ ޚުލާޞާ: ކަރުންމަތީގެ ބަލިތަކަށް ފަރުވާދިނުން.

މަޤާމުގެ ޝަރުޠު:

  • މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 3  އަހަރަށްވުރެ ކުރުނޫން ނުވަތަ 4 އަހަރަށްވުރެކުރުނޫން އެމް.ޑީ ނުވަތަ އެމް.ޑީ އާ އެއްފެންވަރުގެ ޑިގްރީއެއް، މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަލިބިފައިވުން. ނުވަތަ؛
  • މެޑިކަލް އޮފިސަރެއްގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރައްވާ 2 އަހަރަށްވުރެ ކުރުނޫން، އެމް.ޑީ ނުވަތަ އެމް.ޑީއާ އެއްފެންވަރުގެ ޑިގްރީއެއް، މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު، ސްޕެޝަލިޓީ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށް، ސްޕެޝަލިސްޓެއްގެގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުން.

ވަޒީފާގެ ޒިންމާތައް:

  • ކަރުންމަތީގެ ބަލިތަކާ ބެހޭގޮތުން އޮޅުންފިލުވައި، އެގްޒެމިންކޮށް، އެކަށީގެންވާ ހާލަތްތަކުގައި ލެބޯޓްރީ ޓެސްޓްކުރުމަށްފަހު، ބަލި ޑައިގްނޯސްކޮށް، ރާއްޖެއިން ލިބެންހުރި ފަރުވާތަކުގެ އަލީގައި ބަލިމީހާއަށް އިރުޝާދުދިނުން.
  • ކަރުންމަތީގެ ބަލިތައް ޑައިގްނޯސްކޮށް ފަރުވާދިނުމަށް ޖޫނިއަރ ޑޮކްޓަރުންނަށް އެހީތެރިވެދިނުމާއި، ސުޕަވައިޒްކުރުން.
  • ބަލިމީހުންނަށް ފަރުވާދިނުމުގައި މިނިސްޓްރީ އޮފް ހެލްތާއި އެޗް.ޕީ.އޭއިން ހައްދަވާފައިވާ ގައިޑްލައިންތަކާއި މެޑިކަލް އޮފިސަރުންގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތްވާގޮތުގެމަތިން ޢަމަލުކުރުން.
  • ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ޕްރޮގްރާމްތައް ހިންގުން.
  • މެޑިކަލް ލީގަލް ކޭސްތަކުގައި ކޯޓަށް ބޭނުންވެއްޖެ ވަގުތެއްގައި ކޯޓަށް ހާޒިރުވުން.

މުސާރައާއި ޢިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާގޮތުގެމަތިން.

ކުރިމަތިލުމުގެ ސުންގަޑި: 2016 ޖުލައި 31 ވަނަ ދުވަހުގެ މެންދުރު 12:00

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަފަންގިފިލާ (އަމީނީމަގު) އަށް ނުވަތަ ހުޅުމާލެ ހޮސްޕިޓަލަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ސީވީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

މީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލުގެ ރިސެޕްޝަނުންވެސް މި ފޯމު ލިބެން ހުންނާނެއެވެ.

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

- އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 21 ރަޖަބު 1437

28 އޭޕްރިލް 2016