ތަމްރީނު
ނަންބަރު: MOC/IUL/2016/177
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 12 މޭ 2016 14:00
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
ދިވެހިރާއްޖެ
ސްކޮލަރޝިޕްގެ ފުރުޞަތު

އިޢުލާން

ސްކޮލަރޝިޕް ފުރުޞަތު، "މެމޯސް" ކޯސް

"މެމޯސް" ކޯހަކީ "އިންޓަރނޭޝަނަލް އެގްޒެކެޓިވް ޓްރެއިނިންގ ކޯސް އިން ސްޕޯޓްސް މެނޭޖްމަންޓް" ފްރޭމް ވޯކްގެ ދަށުން އޮލިމްޕިކް ސޮލިޑާރިޓީން ފަންޑުކޮށްގެން ކުރިއަށް ގެންދެވޭ ކޯހެކެވެ. އެގްޒެކެޓިވް މާސްޓަރސް ކޯހުގެ ފެންވަރަށް ކުރިއަށް ގެންދެވޭ މި ކޯހުގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ކުޅިވަރުތަކުގައި ހަރަކާތްތެރިވާނެ ފަރާތްތައް ތަމުރީނުކޮށް، ކުޅިވަރުގެ ދާއިރާއިން ލީޑަރުން ބިނާކުރުމެވެ. އޮލިމްޕިކް ސޮލިޑާރިޓީން އެވޯޑުކުރާ މި ސްކޮލަރޝިޕަކީ 04 މޮޑިއުލަކަށް ބަހާލެވިގެން ސްވިޒްލޭންޑްގެ ލުޒޭންގައާއި އިތުރު 02 ސިޓީއެއްގައި ކުރިއަށް ގެންދެވޭ ކޯހެކެވެ.

ޓާގެޓް ގްރޫޕް: ކުޅިވަރުގެ އެޑްމިނިސްޓްރޭޓަސް

މުއްދަތު: 01 އަހަރު (12 މަސް)

މޮޑިއުލްސް:

މޮޑިއުލް 01: ސްޓްރެޓެޖިކް މެނޭޖްމަންޓް އެންޑް ގަވަރނަންސް، ޕަރފޯމަންސް އެންޑް ރިސްކް މެނޭޖްމަންޓް، ފައިނޭންޝަލް މެނޭޖްމަންޓް

މޮޑިއުލް 02: މާކެޓިންގ މެނޭޖްމަންޓް އެންޑް ބްރޭންޑް އިކުއިޓީ، ސްޕޯޓްސް ސްޕޮންސަރޝިޕް އެންޑް އިވެންތް ސްޕޮންސަރޝިޕް، ކޮމިއުނިކޭޝަން އެންޑް ސޯޝަލް މީޑިއާ މެނޭޖްމަންޓް،

މޮޑިއުލް 03: ހިއުމަން ރިސޯސް މެނޭޖްމަންޓް، ލީޑަރޝިޕް އެންޑް ޗޭންޖް މެނޭޖްމަންޓް، ޕްރޮޖެކްޓް އެންޑް އިވެންޓް މެނޭޖްމަންޓް

ޕާރސަނަލް ޕްރޮޖެކްޓް: ޕްރޮޖެކްޓް ޕްރިޕަރޭޝަން، ޕްރޮޖެކްޓް ކޯޗިންގ، ޕްރޮޖެކްޓް ޑިފެންސް، ޕަބްލިކް ޕްރެޒެންޓޭޝަން އޮފް ދަ ޕްރޮޖެކްޓް

ފައިނޭންޝަލް އެއިޑް:

ޓިއުޝަން ފީ

ލިވިންގ އެކްސްޕެންސް

ޓިކެޓް

ސްޕޯޓްސް ފިލްޑް ޓްރިޕްސް

ޓްރެވަލް އިންޝިއުރަންސް

ވިސާ

އެޑްމިޝަން އެލިޖިބަލިޓީ: ކުޅިވަރުގެ ދާއިރާގައި ތަޖުރިބާހުރުމާއެކު ޔުނިވަރސިޓީ ޑިގްރީ ( އެމް.ކިއު.އޭ ލެވެލް 07) އެއް ހާސިލްކޮށްފައިވުން ނުވަތަ ކުޅިވަރުގެ މެނޭޖްމަންޓް ދާއިރާއިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ޤަބޫލުކުރާ ފެންވަރަށް ތަޖުރިބާ ލިބިފައިވުން.

މި ކޯހާ ބެހޭ މަޢުލޫމާތު އޮލިމްޕިކް ކޮމިޓީގެ ވެބްސައިޓް (www.nocmaldives.org) އަދި އޮލިމްޕިކް ކޮމިޓީގެ ފޭސްބުކް ޕޭޖް (www.fb.com/OlympicMDV) އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު އޮލިމްޕިކް ކޮމިޓީން ލިބިވަޑައިގެންނަވާނެއެވެ.

ވީމާ ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާ އެހެނިހެން ޑޮކިއުމަންޓްސް 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

28 އޭޕްރިލް 2016