މަސައްކަތް
ނަންބަރު: (IUL)279-ESMS/2016/24
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 08 މޭ 2016 13:00
މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މަރޮށީ ކައުންސިލްގެ އިދާރާ މަރާމާތު ކުރުމާގުޅޭ:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މަރޮށީ ކައުންސިލުގެ އިދާރާ ހިންގަމުން އަންނަ ޢިމާރާތް، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

އެހެންކަމުން، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 08 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 16 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާފަރާތް ބަޔާންކޮށް ދެފަރާތުގެ އައި.ޑީ ކާޑުގެ ސާފު ކޮޕީއަކާއެކު، ސިޓީއެއް ހުށަހަޅަންވާނެއެވެ. ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއްފަރާތެއްގެ ބަދަލުގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު: 6540054 ފޯނަށް ގުޅުއްވުން އެދެމެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016