ދިވެހިރާއްޖެ
އިޢުލާން
ހއ.ތުރާކުނު ކައުންސިލްގެ އިދާރާގެ ހުޅަނގު ފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުން:
މި އިދާރާގެ ޢިމާރާތުގެ ހުޅަނގު ފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 05 އެޕްރީލް 2016 ގައި މި އިދާރާއިން ކުރި ނަންބަރު: (IUL)244-ESMSMS/244/2016/20 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އިދާރާގެ ޢިމާރާތުގެ ހުޅަނގު ފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 09 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ހއ. ތުރާކުނު ކައުންސިލްގެ އިދާރާގެ ހުޅަނގު ފަރާތަށް ބައެއް އިތުރުކޮށް، ބައެއް މަރާމާތުކޮށްދިނުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 މޭ 09 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ މީހާގެ އައިޑީ ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
13 ރަޖަބު 1437