މަސައްކަތް
ނަންބަރު: GS-181-IUL-2016-31
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 04 މޭ 2016 10:30
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކުރުން:

މި މަދަރުސާގެ ހޯލް ޢިމާރާތުގެ ފުރާޅުގެ އެއްފަޅިގައި މިހާރު ހުރި ޓިނާއި ދިޔަދޮވި ނަގައި، އައުު ޓިނުޖަހައި އައު ދިޔަދޮވި ހަރުކުރަން ބޭނުންވެއެވެ. މިކަމަށް ބޭނުންވާ ޓިނާއި ދިޔަދޮވި މި މަދަރުސާއިން ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 04 ވާ ބުދަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައި ޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅުއްވާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށައަޅުއްވާ ފަރާތުން ބައިވެރިވެވަޑައިގަންނަވަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުވެވަޑައިނުގެންނެވުނު ސަބަބާއި ފޮނުއްވަވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6780572 ފޯނާ ގުޅުއްވުން އެދެމެވެ.

އިޢުލާން ނަންބަރު: GS-181/IUL/2016/30 ގެ އިޢުލާން ބާޠިލުކޮށްފީމެވެ.

21 ރަޖަބު 1437

28 އޭޕްރިލް 2016