ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/29
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 09 މޭ 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

މޯލްޑިވްސް ޕޮލިޓެކްނިކުގެ އިޢުލާން ނަންބަރު (IUL)213-AD/1/2016/15 ކުރި އިޢުލާނަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:                       އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ

ބޭނުންވާ އަދަދު:                  01

ރޭންކް:                       ޖީ.އެސް 4

ކްލެސިފިކޭޝަން :                 އޮފިސަރ ގރ. 2

މުސާރަ :                     -/5020 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް:                މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                       ދާއިމީ

މަސައްކަތު ގަޑި:                  ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :       އެކަޑަމިކް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- އިންޑަސްޓްރީތަކާއި ތަފާތު މުއައްސަސާތަކާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަމެއްކޮށް ބެލެހެއްޓުމާއި އިންޑަސްޓްރީތަކުން ކޯސްތަކުގެ ބައިވެރިވާ ދަރިވަރުންނާ ގުޅޭ ހުރިހާ މަސައްކަތެއްކޮށް އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

2- ސިޓީ، މެމޯ ފަދަ ތަކެތި ޓައިޕްކޮށް ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުމާއި، ކުރު ކޯސްތަކާއި މޯބައިލް ކޯސްތަކުގެ ސެޓުފިކެޓު ތައްޔާރުކުރުން.

3- އެންރޯލްމަންޓް ފޯމުތައް ޗެކުކުރުމާއި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ހާޒިރުވުމަށް އެންގުން.

4- ދަރިވަރުންގެ އެޓެންޑެންސް މޮނިޓަރިންގ ޝީޓް ތައްޔާރުކޮށް ކަމާބޭފުޅުންނާ ހަވާލުކޮށް ބަލައިގަތުމާއި އެޓެންޑެންސް ހެދުން. ހާޒިރީ ދަށް ދަރިވަރުންގެ ރިޕޯޓު ހަމަޖެހިފައިވާ އުސޫލުން އެފަރާތްތަކަށް ހަވާލުކުރުން.

5- އިޢުލާންކުރާ ކޯސްތަކަށް ފޯމު ދޫކޮށް ބަލައިގަނެ ސިސްޓަމަށް އެންޓަރކުރުން.

6- އަލަށް ފަށާ ކޯސްތަކަށް ފޯމު ލާ ދަރިވަރުންގެ ޖަވާބު ދޫކުރުމާއި، ބައިވެރިންނާ ގުޅޭގޮތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތަކާއި ރިޕޯޓު ފަދަ ތަކެތި ފޮނުވައި އެ ތަކެތި ރައްދުވިތޯ ބެލުން

7- ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމުގެ ދަށުން ހިންގާ ކޯސްތައް އަހަރީ ތާވަލާ އެއްގޮތަށް ފެށުމަށްޓަކައި އިޢުލާން ކުރަންޖެހޭ ކޯސްތަކަށް އިޢުލާން ކުރުމާއި، އެކިއެކި އިންޑަސްޓްރީތަކާ ގުޅިގެން ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

8- ކޯސް ފެށުމަށްޓަކައި ކްލާސްރޫމް ތައްޔާރުކުރުމާއި އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އެކަމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއްކޮށް ބެލެހެއްޓުން.

9- ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި އިދާރީ ޚިދުމަތް ދިނުން.

10- އަތޮޅުތެރޭ ހިންގާ އިންޑަސްޓްރިއަލް ކޯސްތަކުގެ ކުދިންނާ ގުޅުން ހުރި ކަންތައްތައް ބެލެހެއްޓުން.

11- ސެކްޝަން/ ޔުނިޓުންކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެ ހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ޝަރުޠު:          

ތަޢުލީމީ ފެންވަރު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ
  2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ ބިޒްނަސް/އެކައުންޓިންގގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 2016 މޭ 10 އާއި 19 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެ ފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލުގެ ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން،  މޯލްޑިވްސް ޕޮލިޓެކްނިކުގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

26 އޭޕްރިލް 2016