ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/30
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 09 މޭ 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ކައުންސެލަރ

މޯލްޑިވްސް ޕޮލިޓެކްނިކްގެ އިއުލާން ނަންބަރު (IUL)213-AD/1/2016/08) ކުރި އިއުލާނަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން އިއުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:                          ކައުންސެލަރ

ބޭނުންވާ އަދަދު:                     01

ރޭންކް:                          އެމް.އެސް 1

ކްލެސިފިކޭޝަން :                    ސީނިއަރ އޮފިސަރ ގރ. 1

މުސާރަ :                        -/5610 ރުފިޔާ

ސަރވިސް އެލަވަންސް:                -/2000 ރުފިޔާ

ވަޒީފާއޮތް އޮފީސް:                   މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                          ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :          ސްޓޫޑެންޓް ސަރވިސް ސެކްޝަން، މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސެލިންގ ޕްރޮގްރާމްތައް ރޭވުމާއި، އެ ޕްރޮގްރާމްތައް ރޭވުމާއި އެ ޕްރޮގުރާމުތައް ހިންގުމާއި، އެކަމާ ގުޅުންހުރި ހުރިހާ ރިކޯޑުތައް ބެލެހެއްޓުން
  2. ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުން، ކެރިއަރ ގައިޑެންސާ ގުޅޭ ތަފާތު ސެޝަންތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުން
  3. ދަރިވަރުންގެ ނަފްސާނީ، ޖިސްމާނީ، އަޚުލާޤީ މައްސަލަތަކާ ގުޅިގެން ޓީޗަރުންނަށް ހުށަހަޅާ ކަންތައްތައް ބަލައި، އެކަންކަމުގައި އެފަދަ ކުދިންނަށާއި ޓީޗަރުންނަށް އެހީތެރިކަން ދިނުން.
  4. މޯލްޑިވްސް ޕޮލިޓެކްނިކުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ސެމިނަރތަކުގައި ބައިވެރިވެ، އެކަމާ ބެހޭ މަޢުލޫމަތުތައް ލެކްޗަރާއިންނާ ހިއްސާކުރުން.
  5. ދަރިވަރުންގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު ޓީޗަރުންނަށް ދިނުމާއި ޓީޗަރުންނާއި ގާތްގުޅުމެއް ބެހެއްޓުމާއި ދަރިވަރުންގެ ރިކޯޑުތައް ބެލެހެއްޓުން.
  6. ކުރިއަށް އޮންނަ އަހަރުގެ ލަފާކުރާ ބަޖެޓް ތައްޔާރުކޮށް ބަޖެޓް ސެކްޝަނާ ހަވާލުކުރުން.
  7. ޕޮލިޓެކްނިކުން ހިންގާ ތަފާތު ސާރވޭތައް ކުރުމަށް ހަވާލުކުރެވޭ މަސައްކަތްކުރުން.
  8. ސްޓާފް މީޓިންގ އަދި އެހެނިހެން މީޓިންގތަކުގައި ބައިވެރިވުން.
  9. މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ހަފުލާތަކަށް މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން
  10. ސެކްޝަން/ ޔުނިޓުން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވުމާއި، އެހިނދަކަށް އެހީތެރިކަމަށް ބޭނުންވާ އޮފީހުގެމަސައްކަތްތަކުގައި އެހީތެރިވެދިނުން

ޝަރުޠު:

  1. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ކައުންސެލިންގގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ
  3. ކައުންސެލިންގގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެއޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 2016 މޭ 10 އާއި 19 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދިސެޓުފިކެޓުތަކުގެ އެކްރެޓިޓް ކޮށްފައިވާ އަސްލުގެ ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސް ޕޮލިޓެކްނިކުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓްwww.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 މޭ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

 

26 އޭޕްރިލް 2016