ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)147-AIT/1/2016/1
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 08 މޭ 2016 14:00
ޖުވެނައިލް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

1 (އެކެއް)

ބޭނުންވާ އަދަދު:

ކޯޓުއޮފިސަރ ( ޖީ.އެސް 3 )

މަޤާމް:

މަހަކު -/1،500 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/4،465 ރުފިޔާ

މުސާރަ:

ޝަރީޢަތްތަކާބެހޭ ސެކްޝަން (Jv-B2)

ސެކްޝަން:

ޖުވެނައިލް ކޯޓު / މާލެ 

މަސައްކަތްކުރަންޖެހޭ ތަން:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛

1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. ނުވަތަ؛

2. މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2 GS ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ އަސާސީ ޝަރުޠު:

- ކޮމްޕިއުޓަރަށް އަހުލުވެރި ފަރާތަކަށްވުމާއި، ކޮމްޕިއުޓަރުން ޓައިޕްކުރަން ފަރިތަ ފަރާތަކަށްވުން.

- ގިނައިރު މަސައްކަތުގައި ވަގުތު ހޭދަކުރެވޭ، ގަވައިދުން ވަޒީފާއަށް ހާޒިރުވެވޭފަދަ ޞިއްޙަތު ރަނގަޅު ފަރާތަކަށްވުން.

އެހެނިހެން ޝަރުޠު:

ޝަރީޢަތްތައް ކުރިއަށްދާއިރު، ޝަރީޢަތުގެ މަޖިލީހުގެ ކަންތައްތައް ބެލެހެއްޓުމާއި، ޝަރީޢަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

މި މަޤާމަށް ހޮވޭފަރާތްތަކަށް:

- ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ % 40 ލިބޭނެ.

- ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/2700 ރުފިޔާ ލިބޭނެ.

- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

އުޖޫރައާއި ޢިނާޔަތްތައް:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މި ކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ  ލިޔުންތައް:

2016 މޭ 8 ވަަނަ ދުވަހުގެ 14:00

ސުންގަޑި:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް http://www.juvenilecourt.gov.mv އިން މި ފޯމު ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

19 ރަޖަބު 1437

26 އޭޕްރިލް 2016