ވަޒީފާގެ ފުރުޞަތު
ނަންބަރު: GS36/2016/14
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 09 މޭ 2016 14:00
ކ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މަޤާމް: ސްޕޯޓްސް ސުޕަވައިޒަރ
ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ހަމަޖެހިފައިވާ ތަން: ކ. އަތޮޅު މަދަރުސާ                  

މަސައްކަތް ހަމަޖެހިފައިވާ ރަށް: ކ. ކާށިދޫ

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި، މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލެވަންސް

ސްޕޯޓްސް ސުޕަވައިޒަރ

GS4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ  މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/5،020 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:
1- ކުރިއަށް އޮންނަ އަހަރަށް ސްކޫލުގެ ކުޅިވަރު ކަލަންޑަރު، ވެރިން އަންގަވާ މުއްދަތަކަށް، ވެރިންގެ ލަފާގެމަތިން ތައްޔާރުކުރުން.

2- އިންޓަރ ހައުސް ކުޅިވަރު މުބާރާތްތަކާއި، އިންޓަރ ކްލާސް ކުޅިވަރު މުބާރާތްތައް، ސްކޫލުގެ ކުޅިވަރު ކަލަންޑަރާ އެއްގޮތަށް ރާވައި ހިންގުން.

3. އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތަކަށް ކުދިން ފަރިތަކުރުވައި، އެ މުބާރާތްތަކަށް ކުދިން ހޮވުމާއި، މިފަދަ މުބާރާތްތައް ހިނގަމުންދާ ދުވަސްތަކުގައި ސްކޫލުން ކުރަންޖެހޭ ކަންތައްތައް، ވެރިންނާ މަޝްވަރާކޮށްގެން ދުވަހުން ދުވަހަށް ކުރުން.

4. ކުޅިވަރު ޕްރެކްޓިސްތައް ޝެޑިއުލްކޮށް، ދަރިވަރުންނަށް ޕްރެކްޓިސްކޮށްދިނުމާއި، އެކުދިން ބެލެހެއްޓުން.

5. ސްކޫލުގެ ދަރިވަރުންގެ ޕީ.އީ ގަޑިތައް، ޓައިމްޓޭބަލާ އެއްގޮތަށް ނަގައިދިނުން.

6. ކުޅިވަރުގެ ކަންތައްތަކާ ބެހޭގޮތުން ބައްވާ އެންމެހައި ބައްދަލުވުންތަކުގައި ސްކޫލުގެ ފަރާތުން ބައިވެރިވުން.

7. ކުޅިވަރުގެ ހަރަކާތްތަކަށް ބެނުންވާ ތަކެތި ސްޓޮކުން ނެގުމާއި، ފަރުވާތުރިކަމާއެކު އެތަކެތި ބެލެހެއްޓުން.

8. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

9- ކުޅިވަރާ ގުޅުވައިގެން ދަރިވަރުންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުން.

10- ކުޅިވަރާއި ކަސްރަތުގެ މުހިންމުކަމާ ގުޅޭ މަޢުލޫމާތު ހޯދައި، ދަރިވަރުންނާއި ބެލެނިވެރިންނަށް ކަމާގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުން.

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު (ތަޖުރިބާއަށް ބަލާއިރު، ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވެ، ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއުއާއި، އިމްތިޙާން ކުރުމާއި، ޕްރެކްޓިކަލްސް އޮންނާނެ ތާރީޚު:

* މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 10 މޭ 2016 އާއި 15 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައިި ކ. އަތޮޅު މަދަރުސާގައެވެ.

* މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓު ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓު ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

* ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

* އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

* ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީއެއް.

* ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތާއި މުއްދަތު އެނގޭ ލިޔުމެއް.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި  ވަޒީފާއަށް  އެދި  ހުށަހަޅަންޖެހޭ  ތަކެތި  ހުށަހަޅާނީ،  މި  މަދަރުސާގެ  އޮފީހަށެވެ. ފޯމާއި  ތަކެތި  ހުށަހެޅުމުގެ  ސުންގަޑިއަކީ، 2016 މޭ 9 ވާ ހޯމަދުވަހުގެ 14:00 އެވެ.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަދަރުސާގެ  6640036 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

19 ރަޖަބު 1437

26 އޭޕްރިލް 2016