ދިވެހިރާއްޖެ
އިޢުލާން
މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.
މަޤާމު: ލޭބަރ
ޢަދަދު: 01
މަގާމްގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު)
އަސާސީ މުސާރަ: -/3240ރ
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ހެޑް އޮފީސް / ޕްރޮކިޔޮމަންޓް ޑިޕާޓްމަންޓް
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: -/2000ރ އާއި -/3000ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު:
* އެއަރ ފްރައިޓް އަދި ސީ ފްރައިޓް ގެ ކްލިއަރަންސް މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން
* މުދާ ލޯޑުކޮށް އަންލޯޑުކުރުމުގެ މަސައްކަތްތައް ކުރުން
މަގާމަށް ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:
* ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން
* އުމުރުން 18 އަހާރާއި 30 އަހަރާ ދެމެދުގެ މީހެއްކަމުގައިވުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 03 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓު:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑުރެސް:
- ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
- ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
- ފޯން: 3344261 ފެކުސް: 3344341 ވެބްސައިޓު: www.sto.mv
18 ރަޖަބު 1437