ދިވެހިރާއްޖެ
އިޢުލާން
ހއ.ތުރާކުނު ކައުންސިލްގެ އިދާރާގައި އައި.ޑީ.ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން:
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހއ. ތުރާކުނު ކައުންސިލްގެ އިދާރާގައި އައި.ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުމަށް އެދި" މިގޮތަށް ލިޔުއްވަންވާނެއެވެ.
އަންދާސީހިސާބުތައް ކެނޑުން އޮންނާނީ 2016 މޭ 10 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި އިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ފޮނުވާ މީހާގެ އައިޑީ ކާޑުގެ އަސްލާއެކު ސިޓީ ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ
13 ރަޖަބު 1437