މަސައްކަތް
ނަންބަރު: (IUL)448/1/2016/23
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:35
ސުންގަޑި: 08 މޭ 2016 11:00
ރީޖަނަލް އެއަރޕޯޓްސް
ދިވެހިރާއްޖެ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސްޓާފް މެސްރޫމް، އެކޮމޮޑޭޝަން ބްލޮކަކަށް ބަދަލުކުރުން

އިޢުލާން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސްޓާފް މެސްރޫމް، އެކޮމޮޑޭޝަން ބްލޮކަކަށް ބަދަލުކުރުން:

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ސްޓާފް މެސްރޫމް، މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް، އެކޮމޮޑޭޝަން ބްލޮކަކަށް ބަދަލުކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން، 5 އެޕްރީލް 2016 ގައި ކުރެވުނު މި އޮފީހުގެ 448/1/2016/16 (އައިޔޫއެލް) ނަންބަރުގެ ޢިއުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާޠިލްކޮށް، އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި އޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން، 2016 މޭ 2 ވާ ހޯމަދުވަހުގެ 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮފީހަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 މޭ 8 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުމަށް، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮފީހުގެ 7925523 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.  

19 ރަޖަބު 1437

26 އޭޕްރިލް 2016