ދެންނެވުން
ނަންބަރު: TENDER/AS/2016/016
ޕަބްލިޝްކުރި ތާރީޚް: 26 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 10 މޭ 2016 12:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް ހުޅުމާލެއިން އެޕާރޓްމަންޓް ކުއްޔަށްހިފަން ބޭނުން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މި ކުންފުނީގެ ބޭނުމަށް ހުޅުމާލެއިން 01 ކޮޓަރި، 02 ކޮޓަރި، 03 ކޮޓަރި އަދި 04 ކޮޓަރީގެ އެޕާޓްމެންޓް ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު TENDER/AS/2016/013 އަށް އެކަށީގެންވާ ވަރަށް، ފަރާތްތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 04 ވަނަ ދުވަހުގެ މެންދުރު 12:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 10 ވަނަ ދުވަހުގެ މެންދުރު 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ހުޅުމާލޭ ހޮސްޕިޓަލްގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސް ރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދުދޭ ގޮތަކަށެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޯޅި، 20375، މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]      ވެބްސައިޓް: www.aasandha.mv

ފޯން:   3011418 960+         ފެކްސް: 3013636 960+

26 އޭޕްރިލް 2016