މަސައްކަތް
ނަންބަރު: 171-H3(PU)/IUL/2016/80
ޕަބްލިޝްކުރި ތާރީޚް: 26 އެޕްރީލް 2016
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 04 އެޕްރީލް 2016 00:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމިޝަންޑް އޮފިސަރުންގެ ވާރކިންގ ޑްރެސް އަދި ސެރެމޯނިއަލް ޑްރެސްގައި ބޭނުންކުރާ ގަމީސް ފަހައިދޭނެ ފަރެއް ހޯދުން

އިޢުލާން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމިޝަންޑް އޮފިސަރުންގެ ވާރކިންގ ޑްރެސް އަދި ސެރެމޯނިއަލް ޑްރެސްގައި ބޭނުންކުރާ ގަމީސް ފަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެ ލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2016 އެޕްރީލް 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2016 މޭ 04 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/100 ރ (އެއް ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2016 މޭ 04 ވާ ބުދަ ދުވަހުގެ 15:30 ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

ބީލަން ހުޅުވުން އޮންނާނީ 2016 މޭ 12 ވާ ބުރާސްފަތި ދުވަހުގެ 11:30  މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށާއި، ބީލަންފޮތް ބައްލަވައި ގަތުމަށްފަހު ޕްރީބިޑް ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުޅުވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

24 އެޕްރީލް 2016

26 އެޕްރީލް 2016