ދިވެހިރާއްޖެ
އިޢުލާން
ޅ. އަތޮޅު ފިހާރަ
ފިހާރަ ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ.
ކުއްޔަށް ދިނުމަށް އެދި ހުށަހަޅާ ބިޑް ފޯމު ވިއްކާނީ 2016 އެޕްރީލް 24 އިން 2016 އެޕްރީލް 28 އަށް، (ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި) ފޯމެއްގެ އަގަކީ -/10ރ (ދިހަ ރުފިޔާ) އެވެ.
ހެނދުނު 8:30 އިން މެންދުރު ފަހު 13:30 އަށް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ސްޓޭޓް ޕްރޮޕަޓީ މެނޭޖްމަންޓު ޑިވިޜަނަށް
ޅ. އަތޮޅު ފިހާރަ 1 މޭ 2016 (އާދީއްތަ) 09:00
ބިޑް ސިކިޔުރިޓީގެ ގޮތުގައި -/50,000 (ފަންސާސްހާސް) ރުފިޔާ ބޭންކް ގެރެންޓީއެއް ހުށަހަޅަން ވާނެއެވެ. މި ބޭންކް ގެރެންޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކުރެވިފައިވާ 45 ދުވަހުގެ ބޭންކް ގެރެންޓީއެއް ކަމުގައި ވާންވާނެއެވެ. އަދި ބޭންކް ގެރެންޓީޖަހާފައިވާ ޗެކެއް ގަބޫލެއް ނުކުރެވޭނެއެވެ.
ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެތަންތަނުގެ ރަޖިސްޓަރީގެ ކޮޕީ.
ބިޑް ހުށަހަޅާއިރު ބިޑް ހުށަހެޅި ފަރާތަކީ، ކުންފުންޏެއް ނުވަތަ އިންވެސްޓްމަންޓެއްނަމަ، އެންމެފަހުން އަހަރީފީ ދެއްކި ރަސީދުގެ ކޮޕީ.
ވަކިފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
ވިޔަފާރިއެއް ކުރާނަމަ އެކަން އެނގޭނެ ލިޔުން. (ވިޔަފާރި ހުއްދަ)
ބިޑް ފޯމު ހުށަހަޅާއިރު، ފޯމުގައި ސޮއިކޮށް ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ތައްގަނޑު ޖަހާފައި ފޯމު ހުށަހެޅުން.
ފިހާރަ ކުއްޔަށް ހިފާ ފަރާތުން، އެ ފިހާރަ ކުއްޔަށް ދިނުމަށް އެގްރިމެންޓް ކުރެވޭއިރު ޑިޕޮސިޓުގެ ގޮތުގައި މި މިނިސްޓްރީއަށް ޗެކުން ފައިސާ ދައްކާނަމަ ދައްކަންވާނީ އެ ފަރާތެއްގެ އަމިއްލަ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. އަދި ފިހާރަ ކުއްޔަށް ހިފަނީ ކުންފުންޏަކުންނަމަ އެކުންފުންޏެއްގެ ނަމުގައިވާ އެކައުންޓެއްގެ ޗެކަކުންނެވެ. މި ޗެކު ވާންވާނީ ބޭންކް ގެރެންޓީ ޖަހާފައިވާ ޗެކަކަށެވެ.
ކުލި ހުށަހަޅަންވާނީ ތަނުގައި މިހާރު ކުރަންވެފައިވާ މަރާމާތުތަކަށާއި ތަން ހުރި ފެންވަރަށް ބަލާފައެވެ.