ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 އެޕްރީލް 2016 ގައި ކުރި (އިޢުލާން ނަންބަރު GS157/2016/IU25) އިޢުލާން 2 ފަރާތުން އަންދާސީހިސާބު ހުށަހެޅުމާ ގުޅިގެން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ނަންބަރު |
ޕްރޮޖެކްޓުގެ ނަން |
1 |
ފެންފުށީ ސްކޫލުގެ ކްލާސްރޫމްތަކުގައި ކަބަޑުތަކެއް ޖެހުން. |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މޭ 2016 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުމުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވަންޖެހޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރުގައި ސިޓީގެ ބޭރުގައި ހުށަހަޅުއްވާ ޕްރޮޖެކްޓުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
18 ރަޖަބު 1437