މަސައްކަތް
ނަންބަރު: GS157/2016/IU26
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 28 އޭޕްރިލް 2016 11:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 6 އެޕްރީލް 2016 ގައި ކުރި (އިޢުލާން ނަންބަރު GS157/2016/IU23) އިޢުލާން 2 ފަރާތުން އަންދާސީހިސާބު ހުށަހެޅުމާ ގުޅިގެން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ނަންބަރު

ޕްރޮޖެކްޓުގެ ނަން

1

ސްކޫލުގެ 5 ކްލާސްރޫމް ހިމެނޭ ހޯލްއިމާރާތުގެ އެއްފަރާތުގެ ކުޑަދޮރުތައް ބަދަލުކުރުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 މޭ 2016 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވަންޖެހޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާއިރުގައި ސިޓީގެ ބޭރުގައި ހުށަހަޅުއްވާ ޕްރޮޖެކްޓުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ރަޖަބު 1437  

25 އޭޕްރިލް 2016