ދިވެހިރާއްޖެ
އިޢުލާން
(އެދުރުހިޔާ) ކުރީގެ އަމީރު އަމީން ސްކޫލުގައި މަތީ ޠައުލީމު ދޭ މަރުކަޒެއް ތަރައްޤީކުރުމާބެހޭ
ކުޅުދުއްފުށީގައި މަތީ ޠައުލީމު ދޭ މަރުކަޒެއް ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތަކަށް ކުރީގެ އަމީރު އަމީން ސްކޫލް 25 އަހަރުދުވަހުގެ މުއްދަތަށް ހަވާލުކުރާގޮތަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.
ވީމާ، ކުޅުދުއްފުށީގެ ކުރީގެ އަމީރު އަމީން ސްކޫލް، މަތީ ތަޢުލީމު ދޭ މަރުކަޒެއްގެ ގޮތުގައި ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1– ބީލަމާބެހޭ މަޢުލޫމާތު ދިނުން އޮންނާނީ 12 މޭ 2016 ވަނަ ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގައެވެ.
2– ބީލަން ހުޅުވުން އޮންނާނީ 19 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކުޅުދުއްފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ހަމަޖެހިފައިވާ ތާރީޚާއި ވަގުތު ބީލަން ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ލިޔެވިފައި އޮންނަންވާނެއެވެ.
3– އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 651170 އަދި 6521174 އިން ލިބިވަޑައިގަންނަވާނެއެވެ.
11 ރަޖަބު 1437