މަސައްކަތް
ނަންބަރު: AI/IUL/2016/037
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 28 އޭޕްރިލް 2016 10:30
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި ކުންފުނީގެ ކަސްޓަމަރުންނަށް ޚިދްމަތްދޭ އޮފީސް، (ހ.އޯކިޑް، އަމީރު އަޙްމަދު މަގު) ގައި ހަވީރު 16:00 ން ހެނދުނު 08:00 އަށް ސެކިއުރިޓީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ބިޑް ނަންބަރު: AI/BID/2016/019 އިޢުލާނަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތައް މަދުކަމަށްވާތީ، މި ބިޑް ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅުއްވާ ބިޑްގައި ތިރީގައި މިދަންނަވާ ކަންތައްތައް ހިމަނުއްވަންވާނެއެވެ.

  • އަގު
  • ކޮމްޕެނީ ރަޖިސްޓްރޭޝަނުގެ ކޮޕީ
  • މިހާރު ސެކިއުރިޓީ ޚިދުމަތްދެމުންގެންދާ ތަންތަނުގެ ތަފުސީލު.

އިތުރު ތަފުސީލު:

  • ހަފުތާގެ ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އަށް ހ.އޯކިޑްގައި ސެކިއުރިޓީ ޚިދުމަތްދިނުން.
  • ދިވެހިބަހުން މުޢާމަލާތު ކުރަން އެނގުން
  • ޔުނީފޯމު ލުން.

ބިޑު އިވެލުއޭޓް ކުރެވޭނެ މިންގަނޑުތައް:

  • އަގު %80
  • ތަޖުރިބާ %20

14 ރަޖަބު 1437

21 އޭޕްރިލް 2016