މަސައްކަތް
ނަންބަރު: (IUL)233-ADS/233/2016/6
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 09:43
ސުންގަޑި: 28 އޭޕްރިލް 2016 11:15
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީލިންގ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އއ. އަތޮޅު ކައުންސިލު އިދާރާގެ، ހޯލުގެ ލަކުޑިސީލިންގ މަރާމާތުކުރުން:

މި ކައުންސިލު އިދާރާގެ، ހޯލުގެ ލަކުޑި ސީލިންގ، ބޯރަލް ސީލިންގ ސިސްޓަމަށް ބަދަލުކުރުމާއި، ރިސެޕްޝަން ސަރަހައްދާއި ބަޖެޓް ސެކްޝަން ހިމެނޭ ބައިގެ ސީލިންގުން ހަލާކުވެފައިވާ ފިލާ ބަދަލުކުރުމާއި، އަސްކަނިދޮށުން ފީވެ ނެއްޓިފައިވާތަން ސީލިންގުކޮށް، ތޮއްފިލާ ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)233-ADS/233/2016/3  (09 މާރިޗު 2016) އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމަށް އެއްވެސް ފަރާތަކުން ވަޑައިގެންފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި، މި ކައުންސިލް އިދާރާގެ ހޯލުގެ ލަކުޑި ސީލިންގ، ބޯރަލް ސީލިންގ ސިސްޓަމަށް ބަދަލުކުރުމާއި، ރިސެޕްޝަން ސަރަހައްދާއި ބަޖެޓް ސެކްޝަން ހިމެނޭ ބައިގެ ސީލިންގުން ހަލާކުވެފައިވާ ފިލާ ބަދަލުކުރުމާއި، އަސްކަނިދޮށުން ފީވެ ނެއްޓިފައިވާތަން ސީލިންގުކޮށް، ތޮއްފިލާ ހަރުކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އެޕްރީލް 28 ވަނަ ދުވަހުގެ 11:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 5 ވަނަ ދުވަހުގެ 11:15 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ އެކަމަށް ތައްޔާރު ކުރެވިފައިވާ "އަންދާސީހިސާބު ހުށަހަޅާ" ފޯމުންނެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް ފޯމު ދޫކުރެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެއެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.

އަންދާސީހިސާބުތަކަށް ޕޮއިންޓުދިނުމަށް ކަނޑައެޅިފައިވާ ގޮތް:

މަސައްކަތުގެ އަގު (އެންމެ ކުޑަކޮށް ހުށަހަޅާ އަގަށް)

60 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

20 ޕޮއިންޓް

މަސައްކަތު ތަޖުރިބާ (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

13 ރަޖަބު 1437

20 އޭޕްރިލް 2016