ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)261/261/2016/13
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 08 މޭ 2016 14:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެޑްމިނިސްޓްރޭޓިވް  އޮފިސަރ 

މަޤާމުގެ ނަންބަރު: 222418

މަޤާމުގެ ރޭންކް: ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

އޮފީސް/ އިދާރާ: ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން: ކޯޕަރޭޓް އެފެއާޒް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން: ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރަވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު: 1 (އެކެއް)            

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޒިންމާދާރު ވެރިޔާގެ މަޝްވަރާގެމަތިން އޮފީސް ހުޅުވުމާއި ލެއްޕުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  2. އިދާރާއަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި އެންޓްރީކޮށް، އެތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.
  3. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ މެސެޖް، ރިޕޯޓް ފަދަ ތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  4. ދުވަހުން ދުވަހަށް މަހުންމަހަށް އަހަރުން އަހަރަށް އަތޮޅު ކައުންސިލް އިދާރާއަށާއި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވަންޖެހޭ މުއްދަތުގައި ލިޔެ ފޮނުވުން.
  5. ވިހާ މަރުވާއާއި ރަށުގެ އާބާދީއާބެހޭ ކަންތައްތައް ބެލެހެއްޓުމާއި، އައި.ޑީ ކާޑު ހެއްދުމުގެ މަސައްކަތް.
  6. އުފަންދުވަހުގެ ރަޖިސްޓަރީއާއި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން.
  7. އިދާރާގެ ފައިލިންގ ސިސްޓަމް ބެލެހެއްޓުން.
  8. ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ޕާސްކުރަންޖެހޭ ފަރާތްތަކަށް ފޯނު ޕާސްކުރުން.
  9. މުވައްޒަފުންގެ ހާޒިރީއާއި ކައުންސިލަރުންގެ ހާޒިރީގެ ކަންތައްތައް ބެލެހެއްޓުން.
  10. އިދާރައަށް އަންނަ މެހްމާނުން ބަލައިގަތުމާއި، ބައްދަލުކުރަން ބޭނުން ފަރާތްތަކާ ބައްދަލުކުރުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  11. ޒިންމާދާރު ވެރިޔާ އަންގާ ގޮތެއްގެ މަތީން އެޗް.އާރ ކޮމިޓީގެ މަސައްކަތް ހިންގައި ބެލެހެއްޓުން.
  12. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް.
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި  މަޤާމަށް  މީހަކު  ހޮވުމަށް  ބޭއްވޭ  އިންޓަވިއު  އޮންނާނީ، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއުއަށް ހާޒިރުވާންޖެހޭ ތާރީޚުގެ 2 ދުވަހުގެ ކުރިން، އިންޓަވިއު އޮންނަ ތާރީޚާއި ދުވަހާއި ގަޑި، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން އަންގާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 މޭ 8 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:  

  1. ދިވެހި ސިވިލް ސަރވިސްގެ ގަވާޢިދުގައިވާގޮތުގެމަތިން އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  2. މީގެ އިތުރުން ވެސް، ދިވެހި ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6520047 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520047 އެވެ. އީމެއިލްކުރާނީ، [email protected] އަށެވެ.

18 ރަޖަބު 1437

25 އޭޕްރިލް 2016