ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HAS/1/2016/22
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 05 މޭ 2016 13:30
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ޕްރޮކިއުމަންޓް އެގްޒެކެޓިވް

ބޭސިކް މުސާރަ: -/6,600 ރުފިޔާ

އެލަވަންސް: -/4,400 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޕްރޮކިއުމަންޓް

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 5 މޭ 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް

ހުށަހަޅަންޖެހޭ ލިޔުންތައް

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މިބައިގައި މާކްސް ދެވޭނީ އެޓެސްޓް ކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- މިކޯޕަރޭޝަނުން އެކިކަންކަމުގައި ތައްޔާރުކުރާ އިޢުލާންތައް ތައްޔާރުކޮށް ފޮނުވުން.

- ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) ލިޔެ ތައްޔާރުކުރުން.

- އިވެންޓްތަކާ ގުޅުންހުރި ބިޑްތަކުގެ ޕްރޮޕޯޒަލްތައް އިވެލުއޭޓްކުރުމަށްޓަކައި އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާކޮށް ކޮމިޓީގެ ޖަލްސާތައް ބޭއްވުން.

- އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.

- އިވެންޓްތަކާ ގުޅުންހުރި ބިޑްތައް ރައްކާތެރިކޮށް، ރަނގަޅު އެރޭންޖްމަންޓެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުމާއި އެފަދަ މުހިންމު ލިޔުންތައް އޯޑިޓަށް ބޭނުންވާ ހާލަތްތަކުގައި އެފަރާތަށް ހުށަހެޅުން.

- އެކި ފަރާތްތަކާއެކު މިކޯޕަރޭޝަނުން އެއްބަސްވެވޭ އެގްރީމަންޓްތައް ޑްރާފްޓްކޮށް އެކަމާގުޅޭ އެންމެހާ މަސައްކަތްތައް ކުރުން.

- ސެކްޝަންގެ ސިޓީ، ނޯޓް ފަދަ ލިޔުންތައް ތައްޔާރުކުރުން.

- މިކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން.

އިތުރު މަޢުލޫމާތު 

  • މިމަޤާމުގައި އަދާކުރަންޖެހޭ މަސައްކަތުގެ ބާވަތުން މިމަޤާމަށް ކުދިން ހޮވުމުގައި އިސްކަންދެވޭނީ ފިރިހެން ކުދިންނަށެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ޙާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

14 ރަޖަބު 1437

24 އޭޕްރިލް 2016