ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)461-AS/1/2016/9
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 03 މޭ 2016 13:30
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު: އެޑިޔުކޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 01

ރޭންކް: އެމް، އެސް 4

ކްލެސިފިކޭޝަން: އެޑިޔުކޭޝަން އޮފިސަރ ގްރޭޑް 5

މުސާރަ: -/7875 ރުފިޔާ

ސަރވިސް އެލަވަންސް: -/3500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / ސްކޫލް ރިވިއު ސެކްޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- ރާއްޖޭގައި ހިންގާ ސްކޫލް މަދަރުސާތަކުން ދޭ ތަޢުލީމުގެ ފެންވަރު މިންކުރާނެ ސްޓޭންޑަރޑްތައް އެކުލަވާލައި އާންމުކުރުމުގެ މަސައްކަތް ކުރުން.

2- ރާއްޖޭގައި ހިންގާ ސްކޫލް މަދަރުސާތަކުގެ ކޮލިޓީ ރިވިއު ކުރުމުގެ މަސައްކަތް ކުރުން.

ޝަރުޠު:

1- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ އިތުރު ސަނަދެއް ހާސިލުކޮށްފައިވުން. އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 02 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ނުވަތަ

2- ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު (ލެވެލް 7 ގެ ސަނަދެއް ނެތި)، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 02 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4- އެޑިޔުކޭޝަން އޮފިސަރ 4 ގެ މަޤާމުގައި ޝަރުޠު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.                           

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް 

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 5 – 12 މޭ 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (އިޢުލާނާއެކު އެޓޭޗްކޮށްފައި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އެދުރުހިޔާގެ 9 ވަނަ ފަންގިފިލާ (ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް) އިން ލިބިވަޑައިގަންނަވާނެއެވެ.

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މއ. އެދުރުހިޔާ (9 ވަނަ ފަންގިފިލާ).

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 3 މޭ 2016 ވަނަ ދުވަހުގެ 13:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ނަންބަރު 3341220 ފޯނަށް ގުޅުއްވުން އެދެމެވެ.

24 އޭޕްރިލް 2016