ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RRG-HR/1/2016/3
ޕަބްލިޝްކުރި ތާރީޚް: 21 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 05 މޭ 2016 14:00
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ، މުލީއާގެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައިމިވާ މަޤާމްތަކަށް މީހުން ބޭނުންވެއްޖެއެވެ.

1 މަޤާމް: ވެހިކަލް ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުމާއި، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

2. މަޤާމް: މެކޭނިކް (މެރިން)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: ޑިޕްލޮމާ އިން މެކޭނިކް އިންޖީނިއަރިންގ ހާސިލުކޮށްފައިވުމާއެކު، މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ސެޓްފިކެޓް ލެވެލް ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. މީގެ އިތުރުން، އައުޓް ބޯޑް އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

3. މަޤާމް: ފަޅުވެރި

ބޭނުންވާ އަދަދު: 2 (ދޭއް)

އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފަޅުވެރިއެއްގެ މަޤާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައިވުން.

4. މަޤާމް: އައިޓީ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/5،610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކުރުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

5. މަޤާމް: ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: ރެފްރިޖަރޭޝަން އެންޑް އެއަރކޮންޑިޝަނިންގގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2-3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން

6. މަޤާމް: ލޭބަރަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މީހެއްކަމުގައިވުން.

7. މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މީހެއްކަމުގައިވުން. ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާހުރުން.

8. މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: މަހަކު -/5،020 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/2،500 ރުފިޔާ

އެކްސްކްލޫސިވް ޖޮބް އެލަވަންސް: އަސާސީ މުސާރައިގެ % 45

ފެންވަރު ނުވަތަ ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން. އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މީހެއްކަމުގައިވުން ނުވަތަ އެޑްމިނިސްޓްރޭޓިވް ދާއިރާގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ހުރުން.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

1. ރައީސުލްޖުމްހޫރީއްޔާގެ ރަސްމީގެ މުލީއާގެއިން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.

2. މޯލްޑިވްސް ކޮލިފިކޭޝަން އޮތޮރިޓީން އެކްރިޑެޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ، ޓްރާންސްކްރިޕްޓާއެކު (އެޓެސްޓްކޮށްފައިވާ)

3. ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

4. ކަރިކިއުލަމް ވިޓާ (ސީވީ)

5. އެހެންތަނެއްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ރަސްމީ ގޭގެ ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމަށް އެތަނަކުން ދޭ ލިޔުން.

6. ޕޮލިސް ރިޕޯޓް

ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 މޭ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔުންތަކާއެކު، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެއަށް ފޮނުވުން އެދެމެވެ.

14 ރަޖަބު 1437

21 އޭޕްރިލް 2016