ދިވެހިރާއްޖެ
އިޢުލާން
2016 ވަނަ އަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނަށް އިންވިޖިލޭޓަރުން ހޯދުން:
2016 ވަނަ އަހަރުގެ މޭ/ ޖޫން މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިޙާނުގައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުން ބޭނުންވެއެވެ.
މިކަމަށް އެދޭ ފޯމު 2016 އެޕްރީލް 25 ން 2016 އެޕްރީލް 28 ގެ ނިޔަލަށް، މި ޑިޕާޓްމަންޓުން ދޫކުރަމުން ގެންދާނެއެވެ. އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dpe.edu.mv އިން މި މުއްދަތުގައި ޑައުންލޯޑު ކުރެއްވޭނެއެވެ. ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން 13:00 އަށެވެ.
ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠާއި އިޤުރާރު މި ޑިޕާޓްމަންޓްގެ ވެބްސައިޓުގައި ހިމަނާފައިވާނެ އެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2016 އެޕްރީލް 28 ވަނަ ދުވަހުގެ 14.00 ގެ ކުރިން މި ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
13 ރަޖަބު 1437